MTCC

މާލޭ ޣާޒީ ބިލްޑިން ހުރި ބިމުގައި ޕާކެއް ތަރައްގީކުރަނީ

HDjhOatbEAIdkh4 (1)

މާލޭ ޣާޒީ ބިލްޑިން ހުރި ބިމުގައި ޕާކެއް ތަރައްގީކުރަނީ

SHARE

ކުރީގެ ޣާޒީ ބިލްޑިން ހުރި އިމާރާތުގައި ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،މާލޭގެ މަލަމަތި ރީތިކޮށް ތޮއްޖެހިފައިވާ މިމާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް އާރު.ޑީ.ސީއާ ޙަވާލުކޮށްގެން ފަށާފައިވާ ކަމަށެވެ. މިނިސްޓަރުގެ ޕޯސްޓުގައި އެ ޕާރކުގެ ކޮންސެޕްޓްވެސް ވަނީ ހިއްސާކޮށްފައެވެ.

މިހާރު ޣާޒީ ބިލްޑިންގް ހުރި ބިމުގައި ގާއިމުކޮށްފައި ހުރީ ޕާކީންގް ޒޯނެކެވެ. ޣާޒީ ބިލްޑިން ތަޅާލާއި އެ ބިމުގައި ޕާކިން އެއް އަޅާފައިވަނީ 2023 ވަނަ އަހަރުގައެެވެ. މީގެ ކުރިން ޣާޒީ ބިލްޑިން ބޭނުންކުރީ،  މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި އޮޑިޓަ ޖެނެރަލްގެ  އޮފީސް ހިންގުމަށެވެ.

ސަރުކާރު އޮފީސްތައް ހިންގި ހުރަވީ ބިލްޑިން ވެސް މިދިޔަ އަހަރު ވަނީ ތަޅާލައިފަ އެވެ. އެ ބިމުގައި ވެސް 2022 ވަަނަ އަހަރު ތަރައްގީކުރީ ޕާކިންގް ޒޯންއެކެވެ.