އެތައް ހާސް ބަޔަކު ނިކުމެ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލައިފި

-

އެތައް ހާސް ބަޔަކު ނިކުމެ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލައިފި

SHARE

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މާލޭގައި ބޭއްވި ގައުމީ ބޮޑު އެއްވުމުގައި އެތައް ހާސް ބަޔަކު ބައިވެރިވެ އަޑު އުފުލައިފިއެވެ.

މިއަދު ހަވީރު މާފަންނު ސްޓޭޑިއަމްގައި ބޭއްވި އެއްވުމުގައި ފަލަސްތީނުގައި އިސްރާއީލުން ހިންގާ ލާއިންސާނީ ގަތުލުއާންމު ހުއްޓައިލަން ގޮވާލައިފައިވެއެވެ. އަދި އިންސާނީ އެހީ ވެއްދުމަށް ޓަކައި އިސްރާއީލުން އަޅައިފައި ހުރަސްތައް
މިހާރުން މިހާރަށް ނައްތައިލައި، އެހީ ވެއްދުމުގެ މަގުތައް ހުޅުވައިލަން ވެސް ގޮވާލައިފައިވެއެވެ. މިއަދުގެ މި ހަރަކާތާ ގުޅުވައި ބައެއް ރަށްރަށުގައި ވެސް އެއްވުންތައް ބާއްވައި،
ގާޒާގެ ރައްޔިތުންގެ ސަލާމަތަށް އެދި ޚާއްސަ ދުއާއެއް ކިޔާފައިވެއެވެ. ރާއްޖެއަކީ ފަލަސްތީނުގެ ހައްގުގައި އެންމެ ފާޅުކަން ބޮޑުކޮށް ވަކާލާތުކުރާ ގައުމެއް ކަމަށާއި، ބައިނަލްއަގްވާމީ އެކި ކޮންފަރެންސްތަކާއި މުހިންމު ތަންތަނުގައި
އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރަމުން އަންނަ ގައުމެކެވެ. ކުރީގައި ވެސް ގިނަ ރަށްތަކުގައި އަދި މާލޭގައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޑުއުފުލައިފައިވެއެވެ. އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި 154,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންނަށް
ހަނގުރާމައިގެ ތެރޭ އެކި ކަހަލަ އަނިޔާ ލިބިފައިވެއެވެ. އަދި 80,000 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް އަންދާޒާ ކުރެވެއެވެ.

މި ބޮޑު އެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި އެހެންވެސް ސިޔާސީ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.