MTCC

މައްސަލައަކީ ނިޒާމެއް ނޫން، ނިޒާމަށް އަންނަ އިޚުލާސްތެރި ނޫން މީހުން!

1240x826-19Dec2025-1902pm

މައްސަލައަކީ ނިޒާމެއް ނޫން، ނިޒާމަށް އަންނަ އިޚުލާސްތެރި ނޫން މީހުން!

SHARE

މައްސަލައަކީ ނިޒާމު ނޫން ކަމަށާއި، އެ ނިޒާމު ހިންގަން އަންނަ އިޚުލާސްތެރި ނޫން މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، 11 އަހަރުގެ މާޒީއަކަށް ފަހު ފެނިގެން ދިޔައީ ބާތިލްގެ މައްޗަށް ހައްގު ކުރި ހޯދިތަން ކަމަށެވެ. ޝުޖާއި ވިދާޅުވީ 2021 ވަނަ އަހަރު، މާލޭގެ ރައްޔިތުން 11 އަހަރަށްފަހު،  ތާރީހުގައިވެސް މެނިފެސްޓޯއެއް ހިއްޕަވައިގެން ނިކުންނެވި، މިހާރުގެ ރައީސް އަދި އޭރުގެ މޭޔަރ ކެންޑިޑޭޓް ރައީސް ޑރ މުއިއްޒު ވަރަށް ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބުކުރެއްވި ކަމަށެވެ.

"އެހިސާބުން މާލޭގެ ރައްޔިތުންނަށް އެނގިގެންދިޔައީ މާލޭގެ ސިޓީއަކީ ކޮންކަހަލަ ހިދުމަތްތަކެއް އަދި ކޮންކަހަލަ ޒިންމާތަކެއް، އެކުލެވިގެންވާ ކައުންސިލެއްކަން."

ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުންތައް ލައިވް ކޮށް ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެ އިންތޮޒާމެއް ހަމަޖައްސަވައިދެއްވިކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ވަރަށް  ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކައުންސިލް ހިނގާ ގޮތް މާލޭގެ ރައްޔިތުންނަށް އެމަނިކުފާނު ދައްކަވައިދެއްވި ކަމަށެވެ.

ޝުޖާއު ވިދާޅުވީ، އެމްޑީޕީން ބިންތައް ބޭނުންކުރަމުން ގެންދިޔައީ ޣައިއު ޒިންމާދާރުކޮށް ކަމަށެވެ. އެގޮތަށް އަމަލުކުރުމގެ ސަބަބުން މާލޭގެ ރައްޔިތުން ވަރަށް ބޮޑު ގެއްލުންތަކާއި ކުރިމަތިލާންޖެހުނު  ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒު މޭޔަރު ކަމާއި ހަވާލުވެޑައިގަތީވެސް ވަރަށް ފުރިހަމަ މެނިފެސްޓޯއަކާއެކީގައި ކަަމަށެވެ.

ހުޅުމާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށް އެމްޑީޕީއިން އަމަލުކުރިގޮތަށް އަލިއަޅުވާލައްވާ ޝުޖާއު ވިދާޅުވީ، އެކަން ހައްލުކުރެއްވުމަށް އެދ ކުރީގެ ރައީސް އިބްރާހިމް ސޯލިހު އަށް ގުޅުއްވި ކަމަށެވެ.

" ރައީސް އިބްރާހިމް ސޯލިހަށް ގުޅީ އަޅުގަނޑު. އޭރުގެ މޭޔަރު ރައީސް މުއިއްޒު ވިދާޅުވެގެން. ގުޅާފަ ދެންނެވިން މޭޔަރު އެބަ ވިދާޅުވެއޭ މިތަނުގައި ޕާކިންގް ބިލްޑިން އެއް ހައްދަވަން އެމަނިކުފާނު ބޭނުންފުޅު ވާކަމަށް. އަދި އެމަނިކުފާނުގެ ސްޓްރެޖިކް ޕްލޭންގައި ހުޅުމާލޭ ރައްޔިތުންގެ ޕާކިން ނިޒާމު ހައްލުކުރުމަށްޓަކައި، މިކަން ކޮންމެހެން ވެސް ކުރަންޖެހެއޭ. ވިދާޅުވީ ކީކޭތޯ؟ އާދޭހެވެ. މާދަމާ ހައްލުކޮށްދޭނަމޭ."

ޝުޖާއު ވިދާޅުވީ އަނެއް ދުވަހު މާލޭ ސިޓީއަކަށް އެކަމެއް ބޭނުމެއް ނުވެޔޭ ބުނެ އެކަން ހައްލު ނުކޮށްދިން ކަމަށެވެ.ޝުޖާއި ވިދާޅުވީ އިޚްލާސްތެރިކަން ނެތްކަމަށްވާނަމަ ރައްޔިތުންނަށް ޚިދުމަތް ނުކޮށްދެވޭނެ ކަމަށެވެ.