އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަން ޤާއިމުކުރުމަށް ދުބާއީގެ ކުންފުންޏަކާއި ހަވާލޮށްފިއެވެ.
މި މަޝްރޫއު ހިންގުމަށް ހަވާލުކުރީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ،ޑެފިނިޓް ސޮލިއުޝަންސްއާ އެވެ. ފެނަކައާއި ޑެފިނިޓް ސޮލިއުޝަންސްއާ ފެނަކަ ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ފެނަކައިގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ނަޖާޙެވެ. ޑެފިނިޓް ސޮލިއުޝަންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފައުންޑަރ އަދި ސީއީއޯ އަބްދުﷲ ސައީދެވެ.
ފެނަކައިން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ދަށުން، ސެންޓްރަލް ޕަވަރ ސްޓޭޝަން ފުރިހަމަކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތަކާއި، އިންޖީނުތައް ބަހައްޓައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ މި މަޝްރޫއުގެ އަގަކީ31 މިލިޔަން ޑޮލަރު ކަމަށް ފެނަކައިން ވަނީ މައުލޫމާތު ދީފައެވެ
މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނިޔަލަށެވެ. މި މަޝްރޫޢު ނިމޭއިރު، އައްޑޫ ސީޕީއެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މި މަޝްރޫއު ނިމުމުން، ކުރިއަށް އޮތް 20 އަހަރަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.