’ދަ ގްރޭޓާ އައްޑޫ ވިޝަންގެ' ތަފްސީލް ލޯންޗުކުރުމަށް ޕީއެންސީއިން ހާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.
ދަ ގްރޭޓާ އައްޑޫ ވިޝަންގެ ތަފްސީލް ލޯންޗުކުރުމުގެ މި ހާއްސަ ހަފްލާގައި ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ހަފުލާގައި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ޕީއެންސީ މެންބަރުން ބައިވެރިވެފައިވާއިރު، ޕާޓީގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.
މި ޖަލްސާގައި ރައީސް ވަނީ ރައްޔިތުންނާ މުޚާތަބުކުރައްވާފައެވެ. ރައީސް ވިދާޅުވީ މިއަންނަ މަހު 4 ގައި އޮންނަ އިންތިހާބުގައި ޕީއެންސީގެ ކެނޑިޑޭޓުން، އައްޑޫ ސިޓީގެ ރައްޔިތުން ހޮވައިދެއްވާނެ ކަން ޔަގީންކަމަށެވެ. ކުރިއަށް އޮތް 20 އަހަރަށް އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރެވޭނެ މަޝްރޫއުއެއްގައި ސޮއިކުރައްވާފައިވާކަން ރައީސް ވަނީ އިއުލާނުކުރައްވާފަ އެވެ.