MTCC

އޭދަފުށީގައި އިމާރާތްކުރާ އެމްއެންޔޫ ކެމްޕަހުގެ ބިންގާ އަޅައިފި

646516396_1352222323600434_7328558795994704424_n

އޭދަފުށީގައި އިމާރާތްކުރާ އެމްއެންޔޫ ކެމްޕަހުގެ ބިންގާ އަޅައިފި

SHARE

ބ. އޭދަފުށީގައި އިމާރާތްކުރާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ( އެމްއެންޔޫ) ކެމްޕަހުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއެކޭޝަނ،ް ލޭބަރއެންޑް ސްކިލްސް ޑިވެލޮޕްމެންޓ،ް ޑރ. ޢަލީ ޙައިދަރު އަޙްމަދުއެވެ.

މި ރަސްމިއްޔާތުގައ،ި އޭދަފުށީ ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރ،ު އަޙްމަދު ސަލީމ،ް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއ،ި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒްއާއ،ި އޭދަފުށީ ކައުންސިލް ރައީސ،ް މުޙައްމަދު ފާތިހުއާއި ކައުންސިލް މެންބަރުން އަދި އެހެނިހެން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫރުގެ ދަށުން، އެކަޑެމިކ،ް އިދާރ،ީ އަދި ރެސިޑެންޝަލް ފެސިލިޓީތަކެއް ހިމެނޭ ގޮތަށް މަލްޓި ބްލޮކް ޔުނިވަރސިޓީ ކެމްޕަހެއް ފުރިހަމައަށް ޑިޒައިންކޮށް އިމާރަތްކުރާނެ ކަަމަށެވެ. މި މަޝްރޫޢުއަކ،ީ 80.79 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އެމްޓީސީސީ އިން ބުނީ، ލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކެމްޕަހެއް  އޭދަފުށީގައި ޤާއިމުކުރެވިގެން ދިއުމުން ، ބ. އަތޮޅުގައި ދިރިއުޅޭ ދަރިވަރުންނަށް އެ އަތޮޅުގައި ތިބެގެން މަތީ ތަޢުލީމު އުނގެނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން މަތީ ތައުލީމަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، ތަޢުލީމީ ދާއިރާއިން އޭދަފުއްޓަށާއި އަދި މުޅި ބ. އަތޮޅަށްވެސް ބޮޑެތި ލުއިފަސޭހަތަކަކާއި ގިނަ ފައިދާތަކެއް ލިބޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.