MTCC

އިދިކޮޅުން ދަނީ ސަރުކާރުގެ އިސްލާހީ ބަދަލުތަކަށް ޖެއްސުން ކުރަމުން: ނައިބު ރައީސް

large_thumb_1772820594173

އިދިކޮޅުން ދަނީ ސަރުކާރުގެ އިސްލާހީ ބަދަލުތަކަށް ޖެއްސުން ކުރަމުން: ނައިބު ރައީސް

SHARE

އިދިކޮޅުން ކުރާ ކަމަކީ ސަރުކާރުން ގެންނަ އިސްލާހީ ބަދަލުތަކަށް ޖެއްސުން ކުރުން ކަމަށް ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ފަރާތުން ހދ. އަަތޮޅަށް ކުރިމަތިލާ ކެނޑިޑޭޓުންގެ މާލެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގައި ކުރިއަށް އޮތް އެންމެ ބޮޑު އެއް އިންތިހާބަށް ތައްޔާރުވަމުންދާއިރު، ހދ. އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވުމަކީ، ސަރުކާރުގެ ފިކުރަށް މުޅި އަތޮޅު ތައްޔާރުވެފައި އޮތް ކަމުގެ ހެއްކެއް ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ، ރަށްރަށުގެ ތަރައްގީއަށް ހޮވަންޖެހޭނީ، ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރަން ދަންނަ، ސަރުކާރަށް ތާއިދުކުރާ ކެނޑިޑޭޓުން ކަމަށެވެ.

"މިއަދު އެ ބޭފުޅުން ޕޯޑިއަމްތަކުގައި އެ ވާހަކަ ދައްކަނީ ސަރުކާރާ އެއްބާރުލުންދީގެންތޯ؟ ސަރުކާރުގެ ސިޔާސަތަކަށް ތާއީދުކޮށްގެންތޯ؟ ނޫނީ ރައީސުލްޖުމްހޫރިއްޔާ އެ ނިންމަވާ ނިންމުންތަކަށް ފުރިހަމައަށް ތާއީދުކޮށްގެން، އެކަންކަން ތަންފީޒުކުރެއްވުމަށް ރައްޔިތުންނަށް ހެޔޮވިސްނުން އިސްކުރުމަށް ނަސޭހަތްތެރިވަމުންތޯއޭ މިއަދު ކެމްޕެއިންކުރައްވަމުން އެ ގެންދަވަނީ؟" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަމަލާއި ބަސް ދިމާނުވާ ކަމަށެވެ. ރައްޔިތުން ގޮވައިގެން އެމްޑީޕީން ނުކުންނަނީ އެހެން ކަމަކަށް ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ. އެމީހުން ނިކުންނަނީ މުޒާހަރާކޮށް ގައުމުގެ މަސްލަހަތު ނަގާލުމަށް ކަމަށް ނައިބު ރައީސް ވަނީ ތުހުމަތު ކުރައްވާފައެވެ. ނައިބު ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ވެރިކަމުގައި ކަންތައް ކުރިގޮތުން، މި ސަރުކާރަށް ވަރަަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަަމަށެވެ. ރައީސް މުއިއްޒު ގެންދަވަނީ، އެ ގޮންޖެހުންތަކުން އަރައިގަންނަމުން ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ.