ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްތަކުގައި ތާރުގެ ބަދަލުގައި ގުދުރަތީ ރީތި މަގުތައް ދަމަހައްޓަން ޖެހޭ: ރައީސް

IMG_6334

ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްތަކުގައި ތާރުގެ ބަދަލުގައި ގުދުރަތީ ރީތި މަގުތައް ދަމަހައްޓަން ޖެހޭ: ރައީސް

SHARE

ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްތަކުގައި ތާރުގެ ބަދަލުގައި ގުދުރަތީ ރީތި މަގުތައް ދަމަހައްޓަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅުގެ 13 ރަށަކަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި، ކަމަދުއަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހުރިހާ ރަށެއްގެ މަގުތައް ތާރު އަޅައިގެން ނޫނީ ގާ އަތުރައިގެން ހެދުމަކީ އެމަނިކުފާނު ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްތަކުގައި ގުދުރަތީ ރީތިކަން ދަމަހައްޓަން ޖެހޭ ކަަމަށެވެ. އެމަނިކުފާނު ވަނީ މަގުތައް ރަނގަޅު ފެންވަރަކަށް ހަދާއިރު ވެސް، ގުދުރަތީ ރީތިކަން ނުގެއްލޭނެ ގޮތަށް ޕްލޭންކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ކޮންމެހެން މާ ހާޑު ސާފޭސްއެއް ގޮތަށް ތާރު އެޅުން، ގާ އަތުރައިގެން ކޮންމެހެން މަގުތައް ހެދުމަކީ މާ މުހިންމު ކަމެއް ނޫން. އެހާ ރަނގަޅު ކަމެއް ވެސް ނޫން. ހާއްސަކޮށް ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށްރަށުގައި

ރައީސް ވިދާޅުވީ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އެގޮތަށް މަގު ތަރައްގީކުރަން ނޭދޭ ކަމަށާއި އެ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނޯ ރައްޔިތުން އެދޭ ގޮތަކަށް ކަމަށެވެ.

މީގެ އިތުރަށް މަގުތައް ހަދާއިރު އިގްތިސާދީ ގޮތުން އެ ރަށަކަށް ފައިދާ ވާނެ ގޮތްތަކަށް ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.