Gxv8Rq2akAAkbu7

11 ރަށުގެ މަގު ހެދުން އާރްޑީސީއަށް

SHARE

އަތޮޅުތެރޭގެ 11 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަންސް މިނިސްޓްރީން އާރުޑީސީއާ އެކު މި 11 މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނާޒިމް އެވެ.

މަގު ހެދުމަށް ހަވާލުކޮށްފައިވަނީ:

ހއ. ތުރާކުނު: 65.5 މިލިއަން ރުފިޔާ

ހދ. ނޮޅިވަރަމްފަރު: 101.2 މިލިއަން ރުފިޔާ

ހދ. ފިނޭ: 65.6 މިލިއަން ރުފިޔާ

ށ. މަރޮށި: 60.2 މިލިއަން ރުފިޔާ

ނ. މާފަރު: 116 މިލިއަން ރުފިޔާ

ބ. ތުޅާދޫ: 80 މިލިއަން ރުފިޔާ

ބ. ކުޑަރިކިލު: 53.5 މިލިއަން ރުފިޔާ

މ. މުލި: 85 މިލިއަން ރުފިޔާ

ތ. ގުރައިދޫ: 74.5 މިލިއަން ރުފިޔާ

 ތ. ހިރިލަންދޫ: 70.5 މިލިއަން ރުފިޔާ

 ތ. ކިނބިދޫ: 80 މިލިއަން ރުފިޔާ

މި މަސައްކަތުގެ ޖުމަލް އަގަކީ  842 މިލިއަނެއްހާ ރުފިޔާ އެވެ.

އެ ރަސްމިއްޔާތުގައި އެ ރަށްތަައް ނިސްބަވްތާ މަޖިލީހުގެ ދާއިރާތަކުގެ ޕީއެންސީ ބައެއް މެންބަރުން ބައިވެރިވެފައިވެ އެވެ.