ޔޫކޭގައި ހުކުމް ކުރީ ދިވެއްސަކަށް ނޫން

422615_3_59167ecae47b92d697c6fc016a13104ee68e7941_large

ޔޫކޭގައި ހުކުމް ކުރީ ދިވެއްސަކަށް ނޫން

SHARE

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ޔޫކޭއިން ހުކުމް ކޮށްފައިވަނީ ދިވެއްސަކަށް ނޫންކަން ކަމާ ބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފި އެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އިން ދާދިފަހުން ރިޕޯޓުކުރި ގޮތުގައި، އެ ގައުމުގެ ސްޕާއެއްގައި މަސައްކަތް ކުރި ދިވެހި ފިރިހެނެއްގެ މައްޗަށް މަޝްހޫރު ފިލްމީ ތަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ވަނީ ހުކުމް ކޮށްފަ އެވެ. އެ ޚަބަރު ރާއްޖޭގެ ނޫސްތަކުގައި ވެސް ޖަހާފައިވެ އެވެ. ރިޕޯޓުތަކުގައިވާ ގޮތުން ހުކުމްކޮށްފައިވަނީ ސުންދަރަލިންގަމް ކޫޑަލިންގަމް" ނަމަކަށް ކިޔާ މީހަކަށެވެ.

މިކަން ސާފުކޮށްދީ ހޯމް މިނިސްޓްރީން މިއަދު ބުނީ އްވެސް އަސްލެއް އެކުލެވިގެންވާ މައުލޫމާތެއް ނޫން ކަމަށެވެ.

އެ ނަން ކިޔާ މީހަކަށް އެއްވެސް އިރެއްގައި ރާއްޖޭގެ ރަށްވެހިކަން ދީފައިނުވާ ކަމަށެވެ. އަދި އޭނާ އަކީ ރާއްޖޭގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީ ވެފައިވާ މީހެއް ނޫން ކަމަށާއި، ދިވެހި ޕާސްޕޯޓެއް ދުވަހަކު ވެސް އޭނާ އަށް ދޫކޮށްފައި ނުވާކަން މިނިސްޓްރީ އަދި އިމިގްރޭޝަނުން ވެސް ކަށަވަރުކޮށްދެ އެވެ.

އެމީހާ އަކީ ދިވެއްސެއް ނޫންކަން ކަމާ ބެހޭ އިދާރާތަކުން ކަށަވަރުކޮށްދިން އިރު، އެ ގައުމުން އެއީ ދިވެއްސެއް ކަމަށް ރިޕޯޓުކުރަން މެދުވެރިވި ސަބަބު ސާފެއް ނުވެ އެވެ.