ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯގެ އައު ފާމަސީއެއް ހުޅުވައިފި އެވެ.
މި ފާމަސީ ހުޅުވާފައި ވަނީ ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމުން އައި ތަނުގަ އެވެ.
އެސްޓީއޯއިން ބުނީ، މި ފާމަސީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެ ކުންފުނީގެ ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

އެސްޓީއޯ ފާމަސީ ސެންޓްރަލް"ގެ ނަމުގައި ހުޅުވި މި ފާމަސީ އިން އެސްޓީއޯގެ އެހެނިހެން ބޭސް ފިހާރަތަކެކޭ އެއްފަދައިން ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒަރ ފަދަ ތަކެތި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.
އެސްޓީއޯއިން ބުނީ މި ފާމަސީން ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ޚިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ޚިދުމަތްވެސް ލިބޭނެ ކަމަށެވެ. އަދި މިބޭސް ފިހާރަ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 މެންދަމު 12:00 ހަމައަށެވެ.