MTCC

ސަރުކާރު ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ވޯކް އިން އިންޓަވިއުއެއް

l_2025_05_07_014332_4xks5lq2i6jdugnz1oa73bvf8epw9tmychr_EN_-1749918964778

ސަރުކާރު ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ވޯކް އިން އިންޓަވިއުއެއް

SHARE

ސަރުކާރުގެ ޓެކްސީ ލައިންގައި ޕާޓްޓައިމްކޮށް ޑްރައިވަރުކަން ކުރަން ބޭނުން މީހުންނަށް އެފުރުސަތު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހުޅުވާލައިފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި ވޯކިން އިންޓަވިއު އޮންނާނީ އަންނަ ހޮނިހިރު ދުވަހު، މާފަންނު ބަސް ޓާމިނަލްގަ އެވެ. އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00 އަށް އެ އިންޓަވިއު ކުރިއަށް ގެންދާނެ އެވެ.

މި އިންޓަވިއުއަށް ދާއިރު ގެންދަން ޖެހެނީ އައިޑީ ކާޑާއި، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް އެކަންޏެވެ.

ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން 100 ކާރު ގެންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. މި ހިދުމަތް ފަށަން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގަ އެވެ.