MTCC

ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ޓިމޮތީ ޝެލަމޭ ކާމިޔާބުކޮށްފި

91666271-8133-4f0d-99c4-b864bcc8ca80_1768185810

ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ޓިމޮތީ ޝެލަމޭ ކާމިޔާބުކޮށްފި

SHARE

ގޯލްޑެން ގްލޯބް އެވޯޑްސްގައި، މިއަހަރުގެ އެންމެ މޮޅު އެކްޓަރުގެ ޝަރަފުވެރި އެވޯޑް ހޮލީވުޑްގެ މަޝްހޫރު ތަރި ޓިމޮތީ ޝެލަމޭ ހޯދައިފި އެވެ.

އެމެރިކާގެ ބެވަލީ ހިލްޓަންގައި ރޭ ބޭއްވި މި އެވޯޑް ޝޯގައި ޓިމޮތީއަށް މި އެވޯޑު ލިބުނީ، ޕިންގް-ޕޮންގް ކުޅުންތެރިއެއްގެ ހަޔާތާއި ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "މާޓީ ސުޕްރީމް" ގައި އޭނާ ދައްކުވައިދިން މޮޅު އެކްޓިންގެ ސަބަބުން ނެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގައި އެތައް ފަހަރަކު ނޮމިނޭޓްވުމަށްފަހު، އުމުރުން 30 އަހަރުގެ ޓިމޮތީ މި އެވޯޑު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މި އެވޯޑު ހާސިލުކުރުމަށްފަހު ވާހަކަދައްކަމުން ޓިމޮތީ ވަނީ ފިލްމުގެ ޑައިރެކްޓަރު ޖޯޝް ސެފްޑީއަށާއި، ފިލްމުގެ މުޅި ކާސްޓުންނާއި ކްރޫއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. މީގެއިތުރުން، އޭނާގެ ޕާޓަނަރު ކައިލީ ޖެނާއަށް ހާއްސަ ޝުކުރެއް އަދާކުރަމުން ޓިމޮތީ ބުނީ، ކައިލީއަކީ އޭނާގެ ކާމިޔާބީގެ އަސްލު ނުވަތަ "ފައުންޑޭޝަން" ކަމަށެވެ.

2026 ވަނަ އަހަރުގެ މި އެވޯޑަށް ޓިމޮތީއާ ވާދަކުރި ތަރިންގެ ތެރޭގައި ހޮލީވުޑްގެ އެންމެ ނުފޫޒުގަދަ އަދި ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ ލިއޮނާޑޯ ޑިކެޕްރިއޯ އާއި ޖޯޖް ކްލޫނީ ހިމެނެ އެވެ. މި ފަދަ ވަރުގަދަ ވާދަވެރިން ބަލިކޮށް ޓިމޮތީ ހޯދި މި ކާމިޔާބީއަކީ އޭނާގެ ފިލްމީ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.