ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު---

ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެންފި

SHARE

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

އެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ، އާންމު އުސޫލުގެ ދަށުން ރައީސް އޮފީހުން މި ދަތުރުފުޅުގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ. އެ ހަފްތާގެ މުއްދަތަކަށް ކުރެއްވި މި ދަތުރުފުޅަށް ފުރާވަޑައިގެންފައި ވަނީ މިދިޔަ ޖޫލައި މަހުގެ 30 ވަނަ ދުވަހު އެވެ. އަދި ރާއްޖެ ވަޑައިގެންނެވީ މިއަދު އެވެ.

ޖޫން މަހުގެ 29 ވަނަ ދުވަހު ވެސް ރައީސްގެ ދެ ކަނބަލުން ވަނީ ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. މި ދަތުރުފުޅުގައި އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވެ އެވެ.