MTCC

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް އިތުރަށް ޑޮލަރު ދެނީ

1753457549.17534575497970

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް އިތުރަށް ޑޮލަރު ދެނީ

SHARE

ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް، އިތުރަށް ޑޮލަރު ދޭން ފަށައިފި އެވެ.

މީގެ ކުރިން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ މީހަކަށް ވެސް ބީއެމްއެލް އިން ބެންކު ރޭޓުގައި ވިއްކަނީ 500 ޑޮލަރެވެ. މިއަދު ގެނައި ބަދަލާ އެކު، އެ މީހަކީ ބޭސްފަރުވާ އަށް ދާ މީހެއް ނަމަ ކުރިއަށް ވުރެ އިތުރަށް ޑޮލަރު ލިބޭނެ އެވެ.

އެގޮތުން އާސަންދައިގެ ދަށުން ބޭހަށްދާ މީހަކަށް ނަމަ 2،000 ޑޮލަރު، އެންސްޕާގެ އެހީ ލިބިގެންދާ މީހަކަށް ނަމަ އެންސްޕާއިން ކަނޑައަޅާ އަދަދަކަށް ޑޮލަރު ލިބޭނެ އެވެ. އެކަމަކު އެ އަދަދު 2،000 އަށް ވުރެ އިތުރެއް ނުވާނެ އެވެ. އާސަންދަ އަދި އެންސްޕާގެ އެހީ ނެތި ދާ މީހެއް ނަމަ 1،000 ޑޮލަރު ބެންކުން ވިއްކާނެ އެވެ.

މިގޮތަށް ޑޮލަރު ލިބެނީ ކަމާ ގުޅޭ ލިޔެކިޔުންތައް ބެންކަށް ހުށަހަޅައި ޑޮލަރު ގަތުމުންނެވެ. އެގޮތުން މިހާރު ވެސް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮލަރު ގަންނަ އުސޫލުގެ ދަށުން ޑޮލަރު ގަންނަ އިރު، އާސަންދައިގެ ދަށުން ބޭހަށްދާ މީހެއް ނަމަ ބަލިމީހާ އަދި އެހީތެރިޔާގެ ޓިކެޓް އަދި ޕާސްޕޯޓް ކޮޕީގެ އިތުރުން އާސަންދަ އެޕްރޫވަލް ނުވަތަ ރިކޮމެންޑޭޝަން ލެޓާ ހުށަހަޅަން ޖެހޭނެ އެވެ. އެންސްޕާގެ އެހީ ލިބިގެންދާ މީހުން ޑޮލަރު ގަންނަން އެންސްޕާއިން އެހީ ހަމަޖެހުނު ކަމުގެ ލިޔުން، ބަލިމީހާ އާއި އެހީތެރިޔާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހަޅަންޖެހޭނެ އެވެ. އަދި ދެ ފަރާތުން ވެސް އެހީ ނުލިބޭ ނަމަ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އަންގައި ޑޮކްޓަރު ދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެ އެވެ.