ޑރ. ސަނީ އުމަރު އެފްސީޕީއަށް ހާޒިރުކޮށްފި

Screenshot 2025-12-01 163845

ޑރ. ސަނީ އުމަރު އެފްސީޕީއަށް ހާޒިރުކޮށްފި

SHARE

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ވިޔަފާރިވެރިޔާ ޑރ. ސަނީ އުމަރު ތަހުގީގުކުރަން އޭނާ އެފްސީޕީއަށް ހާޒިރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާ އާ ސުވާލުކުރުމަށް އެފްސީޕީއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ހުރިހާ ކަމެއް ބަލަމުންދާ ކަމަށެވެ.

ޑރ. ސަނީ އުމަރަކީ ރާއްޖޭގައި ހަލާލް ޓޫރިޒަމްގެ ދާއިރާއިން ރާއްޖެ ޕްރޮމޯޓް ކުރުމަށްޓަކައި "ހަލާލް ވީކްލީ" އާއި "މޯލްޑިވްސް ހަލާލް ޓްރެވަލް" ކުންފުނި އުފައްދައި، އެ ކުންފުނިތައް ހިންގަމުން އަންނަ ފަރާތެކެވެ. މީގެ އިތުރުން އޭނާ ވަނީ ބައެއް ޓްރެވަލް އޭޖެންސީތަކާއި މީޑިއާހައުސްތައްވެސް ހިންގާފަ އެވެ. މި މައްސަލަ ފެންމަތިވުމާއެކު، ޑރ. ސަނީ މަސައްކަތްކުރި ހަލާލް ޓޫރިޒަމްގެ ދަށުން ހިންގާ ފާމެއް ކަމަށްވާ "ޓްރެވަލް ގައިސް" އިން އިއްޔެ ނޫސް ބަޔާނެއް ނެރެފައިވެ އެވެ.

އެ ބަޔާނުގައި ޓްރެވަލް ގައިސް އިން ބުނީ، ޑރ. ސަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާތީ، އޭނާގެ ހިއްސާ އެ ކުންފުނިން އަތުލައި، އެ ކުންފުނިން އޭނާ ވަކިކުރަން ނިންމާފައިވާ ކަމަށެވެ.