އީ- ވިސާއަށް އަމަލުުކުރަން ފަށައިފި

images

އީ- ވިސާއަށް އަމަލުުކުރަން ފަށައިފި

SHARE

އީ-ވިސާ ތައާރަފުކޮށް، އެ ޙިދުމަތް މިއަދު ރާއްޖޭގައި ބޭނުންކުރަން ފަށައިފި އެވެ.

މޯލްޑިވްސް 2.0 ގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް އީ-ވިސާގެ ހިދުމަތް ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ނޮވެމްބަރު 10 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެވެ.

އީ-ވިސާއާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން، ޕާސްޕޯޓުގައިވާ ވޯކް ވިސާ އޮޓަމެޓިކުން އީ-ވިސާއަށް ބަދަލުވާނެ ކަމަށެވެ. އެ ތާރީހަށް ފަހު، ޕާސްޕޯޓުގައިވާ ވޯކް ވިސާ "ވެލިޑް" ވިސާއެއް ކަމަށް ނުބެލެވޭނެކަމަށް ބުނެފައިވެ އެވެ. މީގެއިތުރުން 2025 ނޮވެމްބަރު 23 އިން ފެށިގެން، ވޯކް ވިސާއެއްގެ ގޮތުގައި ބަލާނީ ހަމައެކަނި އީ-ވިސާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އީ-ވިސާގެ މުއްދަތު ދެން ބިނާވާނީ ވޯކް ޕާމިޓުގެ މުއްދަތަށް ކަމަށާއި، ނޮވެމްބަރު 23، އިން ފެށިގެން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ. އޭގެ އިތުރުން، ރާއްޖެއިން ފުރުމުގެ ހުއްދަ ދޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރާ ވިސާ ޑިޖިޓަލްކޮށް އިލެކްޓްރޯނިކް ވިސާއަކަށް ބަދަލު ކުރުމަކީ ދިވެހިރާއްޖެ 2.0 ގެ އަސާސްތަކާ އެއްގޮތަށް ބާރުދޭ ގޮތަށް، އިމިގްރޭޝަނުގެ ހިދުމަތްތައް ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް މީހަކު އިސްތިސްނާނުކޮށް ކޮންމެ ރައްޔިތަކަށް ވެސް ފަސޭހަކަމާ އެކު ބޭނުންކުރެވޭ އިޖާދީ ބަދަލެކެވެ.