ހއ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ހއ. ދިއްދޫގައި ބޭއްވި ހާއްސަ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން، 4 ފަންގިފިލާ ހިމެނޭ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރާނެ އެވެ. އަދި 1 ފަންގިފިލާގެ ސާވިސް ބްލޮކަކާއި ވަށާފާރެއް ރާނާނެ އެވެ. މިއީ 185.57 މިލިއަން ރުފިޔާއަށް 780 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ދިއްދޫ ހޮސްޕިޓަލުގެ އައު އިމާރާތް ނިމުމާއެކު، މި އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭސްފަރުވާ ހޯދުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.