އަބްދުއްރަހްމާން މަރާލި މައްސަލައިގަ ތިން މީހަކަށް ދައުވާކޮށްފި

ކްރިމިނަލް ކޯޓު:ފޮޓޯ/މިހާރު

އަބްދުއްރަހްމާން މަރާލި މައްސަލައިގަ ތިން މީހަކަށް ދައުވާކޮށްފި

SHARE

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.

ގޭގައި ނިދާފައި އޮއްވައި އަބްދުއްރަހުމާން މަރާލީ، ފުރާނައަށް ގެއްލުން ލިބޭފަދަ ބޮޑެތި ޒަހަމްތަކެއްދިނުމަށްފަހު މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދާއި އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިސާމްއާއި، އއ. މާޅޮސް، ފިނިވާގެ، އަޙްމަދު ފާރިސްގެ މައްޗަށެވެ.

އާޝިދުގެ މައްޗަށް ކުރަނީީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ވިސާމް އާއި ފާރިސްގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގައި އެ ތިން މީހުން ހައްޔަރުކުރީ އޮގަސްޓް 21 ގަ އެވެ.