އަނެއްކާ ވެސް ރައުދު ހައްޔަރުކޮށްފި

500076178_735480952461302_2440701897963254120_n

އަނެއްކާ ވެސް ރައުދު ހައްޔަރުކޮށްފި

SHARE

ހ. މިޓާޒްގޭ ފުރާޅު މައްޗަށް ޔުމްނު ރަޝީދު ވެއްޓިފައި އޮތް މައްސަލާގައި ރައުދު އަހުމަދު ޒިލާލް އަނެއްކާ ވެސް ދޫކޮށްލައިފި އެވެ.

އެ މައްސަލާގައި ރައުދު އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރުކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ޖެހި އެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.

އެ މުއްދަތު ހަމަނުވަނީސް އާއިލާއިން ވަނީ ރައުދު ހައްޔަރުކުރި މައްސަލާގައި އިޖުރާއަތްތައް ހަމަނުވާ ކަމަށް ބުނެ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އޭގެ އަޑު އެހުމެއް މިއަދު މެންދުރަށް ތާވަލްކޮށްފައި އޮތް ނަމަވެސް، ހައިކޯޓުން ވަނީ އާއިލާގެ އެދުމުގެ މަތިން މައްސަލަ ބާތިލްކޮށްފަ އެވެ. އާއިލާއިން އެގޮތަށް އެދިފައި ވަނީ މިއަދު ހެނދުނު ފުލުހުން ރައުދު ދޫކޮށްލުމާ އެކުގަ އެވެ.

ފުލުހުން ބުނިގޮތުގައި، އޭނާ ދޫކޮށްލީ ޕީޖީ އޮފީހުގެ ލަފާގެ މަތިންނެވެ. ދޫކޮށްލިތާ 24 ގަޑިއިރު ވެސް ނުވަނީސް ފުލުހުން މިހާރު ވަނީ އާ ކޯޓު އަމުރެއްގެ ދަށުން އަނެއްކާ ރައުދު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.

މި މައްސަލާގައި 9 މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނާއިރު، އޭގެ ތެރެއިން ހައްޔަރުކކޮށްފައިވަނީ ރައުދު އެކަންޏެވެ.