ޖެނުއަރީން ފެށިގެން ނަފްސާނީ ފަރުވާގެ ހުރިހާ ހަރަދެއް އާސައިންދައިން

DSC_6726

ޖެނުއަރީން ފެށިގެން ނަފްސާނީ ފަރުވާގެ ހުރިހާ ހަރަދެއް އާސައިންދައިން

SHARE

އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައިއްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ސަރުކާރުގެ ދެ އަހަރު ތެރޭގައި ކުރެވުނު މުހިއްމު މަސައްކަތްތަކަށް އަޅުވާލައި ދެއްވި ޕްރެޒެންޓޭޝަނެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ މިހާތަނަށް
ނަފްސާނީ ފަރުވާގެ ހުރިހާ ކަމެއް އާސަންދައިގެ ތެރެއިން ކަވަރު ނުކުރެވުމަކީ ހައިރާންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެހެންވެ، އެކަން ނިމުމަކަށް ގެނެސް، ނަފްސާނީ ބަލީގެ ހުރިހާ ހަރަދެއް އަންނަ ޖެނުއަރީ 1 އިން ފެށިގެން އާސައިންދައިން ހަމަޖެހޭނެ ކަމަށެވެ.

ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގުރައިދޫގައި ހުންނަ މަރުކަޒު އިތުރަށް ތަރައްގީކުރުމަށް 50 މިލިއަން ރުފިޔާގެ މަޝްއެއް ވެސް ހިންގުމަށް ނިންމަވާފައިވާ ކަމަށެވެ.

ނަފްސާނީ ފަރުވާއަކީ ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަކަށްވާއިރު އާސައިންދައިން ފަރުވާގެ ހުރިހާ ކަމެއް ހަމަނުޖެހުމަކީ ގިނަބައެއްގެ ކަންބޮޑުވުމެކެވެ. އާސަންދައިގެ ދަށުން ނަފްސާނީ ފަރުވާއަށް ވަކި އިންސައްތައެއް މިހާރު ވެސް ލިބެ އެވެ.