ދުބާއީ އަދި ތައިލެންޑަށް އެއާއެމްބިއުލާންސް ދަތުރުތައް ފަށަން އެއްބަސްވެއްޖެ

387025_3_3e4aa72467c6c18fce3fe6cd5c6c078e734efd74_medium

ދުބާއީ އަދި ތައިލެންޑަށް އެއާއެމްބިއުލާންސް ދަތުރުތައް ފަށަން އެއްބަސްވެއްޖެ

SHARE

އެއާ އެމްބިއުލްންސްގެ ހިދުމަތް ފުޅާކުރުމަށްޓަކައި ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފެށުމަށް ސިއްހީ ވުޒާރާއާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާއި އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދާން ނާސިރު އެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަުރ އިބްރާހިމް އިޔާޒު އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރު ހީނާ ވަލީދުއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ސިއްހީ ކުއްލި ފަރުވާގެ ހިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވައުދުފުޅެކެވެ.

ހެލްތު މިނިސްޓްރީގެ ދަށުން، މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސް އުފައްދައި، އެއާ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ހިދުމަތުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓަރު މުވައްޒަފުން އަދި ޑްރައިވަރުން ދަނީ މަސައްކަތްކުރަމުންނެވެ.
މިގޮތުން މިހާތަނަށް، 1840  ބަލިމީހުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ ކުއްލި އެހީ ބޭނުންވާ ހާލަތްތަކުގައި، ފަރުވާ ދިނުމަށް، މާލެ ސަރަހައްދަށް އެއާ އެމްބިއުލަންސްގައި ގެނެވިފަ އެވެ.