ރައުދު ބަންދުން ދޫކޮށްލައިފި

417264_3_0c4abcb1a1ea381db5e17bfdb6b46eba55b70486_large

ރައުދު ބަންދުން ދޫކޮށްލައިފި

SHARE

ހެންވޭރު ގެޔެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލައިފި އެވެ.

މި މައްސަލާގައި ރައުދު އަހުމަދު ޒިލާލްް 21އ، ބަންދުކުރީ މެއި މަހުގެ 15 ވަނަ ދުވަހުގަ އެވެ. 

އޭނާ މިއަދު ހެނދުނު ބަންދުން ދޫކޮށްލާފައި މިވަނީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސް ހަމަނުވަނީހެވެ. ރައުދު ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.

އޭނާ ދޫކޮށްލިކަން ކަށަވަރުވަނީ، އޭނާގެ ބަންދުގެ މައްސަލާގައި ހައިކޯޓަށް އިސްތިއުނާފްކުރި މައްސަލަ ބާތިލްކޮށް އެ ކޯޓުން ނެރުނު އަމުރުންނެވެ. އަމުރުގައި ވަނީ ރައުދު މިއަދު ހެނދުނު ބަންދުން ދޫކޮށްލާފައިވާކަން ހާމަކޮށް، މައްސަލަ ބާތިލްކޮށްދިނުމަށް އާއިލާއިން އެދިފައިވާ ކަމަށެވެ.

ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރުކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ޖެހި އެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދު ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 24 ގައެވެ. ފުލުހުން ވަނީ އޭނާގެ މައްޗަށް ހާދިސާގައި ބައިވެރިވުމުގެ އިތުރުން، މަސްތުވެފައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ކޮށްފައެވެ.
ރައުދުގެ ބަންދުގެ މުއްދަތު ހަތަރު ފަހަރެއްގެ މަތީން ވަނީ އިތުރުކޮށްފައެވެ. އެންމެ ފަހުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން ނެރުނު ފުރަތަމަ ދެ ބަންދު އަމުރު އާންމުކުރި ނަމަވެސް ފަހުން ނެރުނު ދެ އަމުރު ވަނީ ސިއްރު ކޮށްފައެވެ.

އެންމެ ފުރަތަމަ ރައުދުގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ. އެއަށްފަހު 10 ދުވަސް އަދި އަލުން ފަސް ދުވަސް ޖެހުމަށް ފަހު އެންމެ ފަހުން ޖެހީ 20 ދުވަހެވެ. ރައުދުގެ ބަންދު އަމުރުތައް ފަހުން ސިއްރުކުރަން ފެށިއެވެ. އޭނާގެ މުއްދަތު މަޖިލިސްތައް ވެސް ކުރިއަށް ގެންދިއައީ ސިއްރުކޮށްގެންނެވެ.

މި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އާންމުން ތުހުމަތުކުރަމުން ދިޔުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އެކޮމިޝަނުން ވަނީ ރައުދުއާ ބައްދަލުކޮށް ހާދިސާއާ ގުޅޭގޮތުން ސުވާލުވެސްކޮށްފައެވެ.

ޔުމްނުގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގައި ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މި މައްސަލައިގައި ހިމެނޭ އަނިޔާވެރި ލާއިންސާނީ އަމަލު ހިންގި ފަރާތައް މިނިވަންކަމާއެކު އުޅެމުން ދިއުމަކީ ނުރަކަލެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.