ސިއްހީ ހާލަތަށް ހަޖޫޖެހީ އިންސާނިއްޔަތުކަމެއް ނެތުމުން: ހީނާ

large_176314088927HwOW

ސިއްހީ ހާލަތަށް ހަޖޫޖެހީ އިންސާނިއްޔަތުކަމެއް ނެތުމުން: ހީނާ

SHARE

ސިއްހީ ހާލަތަށް ހަޖޫޖަހައި، މަލާމަތްކޮށް ހަދަނީ އިންސާނިއްޔަތުކަމެއް ނެތުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ރޭ ބޭއްވި "ދިވެހީންގެ ރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހީނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތަކީ ދިވެހީން އެދިއެދި ތިބި ހިތްތިރި، ހިދުމަތްތެރި ޒައާމަތެއްކަން ޖަލްސާއަށް އެއްވެ ތިބި މީހުންގެ މޫނުމަތިން ފެންނަމުންދާ ކަމަށެވެ.

ހީނާ އިތުރަށް ވިދާޅުވީ، އޭނާ އަށް ކުރިމަތިވި ބައްޔަކާ ގުޅުވައި، ފުރައްސާރަ ކުރަމުންދާ ކަމަށާއި އެހާ ދަށުދަރަޖަ އަށް ވެއްޓޭނީ އިންސާނިއްޔަތުކަމެއް ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އަންހެނަކަށް ވީތީ ސިފަ އަށް ހަޖޫޖަހަމުންދާ ކަމަށް ވިދާޅުވެ، ހީނާ ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފަ އެވެ.

ހީނާ އަށް ކެންސަރު ޖެހިފައިވާކަން އެނގިވަޑައިގަތީ 2023 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ޕާޓީގެ މުހިއްމު މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވަނިކޮށެވެ. އުރަމަތީގެ ކެންސަރުން ރަނގަޅުވުމަށް ހޯއްދަވަމުން ގެންދަވާ ފަރުވާއާ އެކު، މީގެ ކުރިން ހީނާ ވަނީ ކެންސަރުގެ ބިރުވެރިކަމާއި ހިތްދަތިކަން ވެސް ސޯޝަލް މީޑިއާގައި ހާމަކުރައްވައިފަ އެވެ.