އައިވީއެފް ފަރުވާއަށް މިހާތަނަށް 7.13 މިލިޔަން ރުފިޔާ ހަރަދުކޮށްފި

big_HtBx8dTmOfkuwu3qfiUY3mY9L

އައިވީއެފް ފަރުވާއަށް މިހާތަނަށް 7.13 މިލިޔަން ރުފިޔާ ހަރަދުކޮށްފި

SHARE

ފާޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް، މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް މިދިޔަ އަހަރު އެކަނިވެސް 4.78 މިލިޔަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމުލަ 93 ފަރާތެއްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވެ އެވެ. ފަރުވާ ލިބުނު ފަރާތްތަކުގެ ތެރެއިން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ކާމިޔާބުވެފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާއެއް ކަމަށްވާ އައި.ވީ.އެފްއަށް ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގަ އެވެ.

ދަރިމައިވުމަށް ބޭނުންވާ އައިވީއެފް ފަރުވާ އާސަންދައިން ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.