ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިންގި މާރާމާރީގެ މައްސަލާއާ ގުޅިގެން 18 އަހަރުގެ ޒުވާނަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ޓަވަރުތައް ކައިރީ މި މާރާމާރީ ހިންގީ ހޯމަ ދުވަހުގެ ރޭ 23:50 ހާއިރުއެވެ.
ފުލުހުން ބުނީ މިމާރާމާރީގައި ދެމީހަކަށް އަނިޔާވިކަމަށެވެ. އެގޮތުން އެކެއްގެ ބޯ ފަޅައިގެން ގޮސް އަދި ދެވަނަ މީހާގެ ބުރަކަށީގެ އެކިތަންތަނުން ދުޅަވެ ދެއަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މާރާމާރީ ހިންގި މީހުން ވަނީ ދެމީހުންގެ ފޯން ވެސް ފޭރިގެންފައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން މއ. ޝެލްޓާ، މުހައްމަދު ރައިހާން ހުސައިން (18އ) ކޯޓު އަމުރެއްގެ ދަށުން އިއްޔެ ރޭ 23:10 ހާއިރު ހައްޔަރުކޮށްފައިވާކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.