ޗައިނާގެ ސީއެމްއީސީގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕް ހަދިޔާކޮށްފި

443129_8ce37804-5_

ޗައިނާގެ ސީއެމްއީސީގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕް ހަދިޔާކޮށްފި

SHARE

ޗައިނާ މެޝިނަރީ އިންޖިނިއަރިން ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑް ސީއެމްއީސީގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕް ހަދިޔާކުރައްވައިފި އެވެ.

މި ތަކެތި ރަސްމީކޮށް ހަވާލުކުރެއްވުމަށް ހުޅުމާލޭ ސެންޓަރަލް ޕާކްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބެވެ.

ޗައިނާ މެޝިނަރީ އިންޖިނިއަރިން ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މިއަދު ވަނީ ޖުމުލަ ހަ ފެންހިންދާ ޕަމްޕް ހަވާލުކުރައްވާފަ އެވެ. މިތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުގައި އެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިން ގްރޫޕް ކޯޕަރޭޝަން ލިމިޓެޑްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.