ހަނިމާދު އެއާޕޯޓު މާދަމާ ރަސްމީކޮށް ހުޅުވަނީ

HANIMAADHOO

ހަނިމާދު އެއާޕޯޓު މާދަމާ ރަސްމީކޮށް ހުޅުވަނީ

SHARE

ހަނިމާދު އެއާޕޯޓު މާދަން ރަސްމީކޮށް ހުޅުވާނެކަމަށް އެމްއޭސީއެލްއިން ބުނެފި އެވެ.

އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓޭޑް (އެމްއޭސީއެލް) އިން މައުލޫމާތު ދިން ގޮތުގައި، ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވުމަށް މިދިޔަ މަހު މަސަތްކަތްތަށް ވަނީ، އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކޮށްފައި އެވެ.މއެމްއޭސީއެލްއިން ބުނިގޮތުގައި، މި ބަދަލު ގެނައީ އާ ޓާމިނަލް ހުޅުވުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާ ބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުން ކޮށްގެން ކަމަށްވާތީ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ ދަތުރުތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި ދެ ގޭޓު ހިމެނޭގޮތަށް ޑިޒައިންކޮށްފައިވެ އެވެ.

މާދަން ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ މި އާ ޓާމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ.