އަންހެނުންނަށް ހާއްސަ ލޯން ސްކީމަކަށް ކުރިމަތިލާން ހުޅުވާލައިފި

Screenshot 2025-11-06 145050

އަންހެނުންނަށް ހާއްސަ ލޯން ސްކީމަކަށް ކުރިމަތިލާން ހުޅުވާލައިފި

SHARE

ވިޔަފާރި ދާއިރާއިން އަންހެނުން ކުރިއެރުވުމަށްޓަކައި ތައާރަފްކުރި އާ ފައިނޭންސިން ސްކީމަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

މިފަދަ ސްކީމަކަށް ހުޅުވާލާފައިވަނީ، އެސްޑީއެފްސީން ބުނިގޮތުގައި އަންހެނުންނަށް ވިޔަފާރީގެ މައިދާނަށް ނުކުތުމަށް ހިތްވަރުދީ، ވިޔަފާރިވެރި އަންހެނުންނަށް ލުއިފަސޭހަ ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އަންހެނުން އިގްތިސޯދީގޮތުން ބާރުވެރިކުރުވައި، މާލީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތަކުގެ ކުރިއެރުން ކަށަވަރުކުރުމަށް މަގުފަހިކުރުމެވެ.

އެ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފަ އެވެ.

ވިޔަފާރި މުޅިން އަލަށް ފެށުމަށް އަދި މިހާރުވެސް ހިނގަމުންދާ ފަރާތްތަކަށް، ތަފާތު އެކި ދާއިރާތަކަށް މި ސްކީމްގ ދަށުން ފައިނޭންސިން ފޯރުކޮށްދޭނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ. އެގޮތުން:

  • ޝަރީއާ އުސޫލުތަކުގެ ތެރެއިން 25,000 ރުފިޔާއިން ފެށިގެން 250,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ
  • ފެސިލިޓީ ދެއްކުމަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑްއަކާއެކު 7 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ
  • ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިން ފެސިލިޓީގެ ފައިދާ ރޭޓަކީ އަހަރަކު %9.5

މި ފުރުސަތުގެ ސަބަބުން އަންހެނުންނަށް ވިޔަފާރި ފެށުމަށާއި، ކުރިއެރުވުމަށާއި، އަދި ގައުމުގެ އިގްތިސާދީ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ވުމަށް ބޭނުންވާ މާލީ ވަސީލަތްތައް ލިބިގެންދާނެ އެވެ.

އެސްޑީއެފްސީ އިން މިހާރު ވެސް އަންނަނީ 2024 ވަނަ އަހަރު ތައާރަފްކުރި "ފަށާ މަދަދު ލޯނު" ސްކީމުގެ ދަށުން ފައިނޭންސިންގ ދޫކުރަމުންނެވެ.