ފުވައްމުލަކުގައި ސްކޭޓް ޕާކަކާއެކު އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީއަށް

a7a90258-2b62-4335-a1dd-6645442297fa

ފުވައްމުލަކުގައި ސްކޭޓް ޕާކަކާއެކު އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީއަށް

SHARE

ފުވައްމުލަކު ސިޓީގައި ސްކޭޓު ޕާކަކާއި އޮފީސް އިމާރާތެއް އެޅުމުގެ އިތުރުން ގިނަ މަޝްރޫއުތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސްކޭޓް ޕާކު އެޅުމުގެ މަޝްރޫއުގެ އެއްބަަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. އެ މަޝްރޫއުއަކީ 1.39 މިލިއަން ރުފިޔާއަށް 150 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.

އޮފީސް އިމާރާތުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މީގެއިތުރުން އެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން ސްކޫލުގައި 16 ކްލާސްރޫމް އެޅުމުގެ މަޝްރޫއު ވެސް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އެގޮތުން، މަގުތައް ހަދަން ހަވާލުކޮށްފައިވަނީ 168.52 މިލިއަން ރުފިޔާއަށް، 720 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ކްލާސްރޫމް އެޅުމުގެ މަޝްރޫއުއަކީ 19.79 މިލިއަން ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.