ކޮޅުވެއްޓި ބަންޑުން ޖަހާލުން: ދެ މީހަކު މަރުވެއްޖެ

large_17620841775rXaw

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ދެ މީހަކު މަރުވެއްޖެ

SHARE

އެމްޕީއެލް ބަނދަރު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ދެ މީހަކު މަރުވެއްޖެ އެވެ.

އިއްޔެ ހަވީރު ހިނގާދިޔަ މި ހާދިސާއާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ކޮޅުވެއްޓީގައި 14 މީހުން ތިބި ކަމަށެވެ. އެ އެންމެން ވެސް ފެނުނުއިރު ހަ މީހަކަށް ދިޔައީ ހޮސްޕިޓަލިގައި ފަރުވާ ދެމުން ނެވެ. އެއީ ހަތަރު ދިވެހީންނާއި ދެ ބިދޭސީންނެވެ.

ފުލުހުން ބުނިގޮތުގައި އޭގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބި ހާލު ގޯސްްވި ދެ މީހަކަށްް ހޮސްޕިޓަުން ފަރުވާދެމުންދަނިކޮށް ވަނީ މަރުވެފަ އެވެ. މަރުވީ، ގއ. ގެމަނަފުށީ ދިލްބަހާރުގޭ މުހައްމަދު އަފްލާހު އަބްދުﷲ އާއި ބަންގްލަދޭޝަށް ނިސްބަތްވާ މަސްއޫދު ހޮސެއިން (32 އ) އެވެ.

މިދިޔަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވެސް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދެ ބިދޭސީއަކު މަރުވެފައިވެ އެވެ،