ވީއައިއޭ ގެ އާ ޓާމިނަލްއިން އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފަށައިފި

WEE

ވީއައިއޭ ގެ އާ ޓާމިނަލްއިން އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފަށައިފި

SHARE

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އިންޑިއާގެ ގައުމީ އެއާލައިން, އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދޭ ގޮތުގައި، އިންޑިއާ ސަރުކާރުގެ އެއާލައިނަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުމަކީ ވީއައިއޭގެ އޮޕަރޭޝަންތައް އިތުރަށް ފުޅާވެ، ފަސިންޖަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ހިދުމަތް ދޭން ފަށައިފައިވަނީ 1 ނޮވެންބަރު 2025ގަ އެވެ.

ޓާމިނަލް 1 އިން އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭ. ބާލަސުބްރަމާނިއަން އެވެ.

ވީއައިއޭގަ ބޭއްވި ރަސްމިއްޔާތުގައި އެއާ އިންޑިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 118 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 132 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އެއާ އިންޑިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 21 ފެބްރުއަރީ 1976ގަ އެވެ.