ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހިޔާ ފްލެޓު (ފޮޓޯ/ އެޓޯލް ޓައިމްސް)

ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

SHARE

ހުޅުމާލޭ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތުު ލިބުނީ މިއަދު ހެނދުނު 08:32 ހާއިރު ކަމަށެވެ. ފުލުހުން ބުނިގޮތުގައި 33 އަހަރުގެ އެ ފިރިހެން މީހާ ވެއްޓުނީ ހިޔާގެ 8 ވަނަ ޓަވަރުން  ނެވެ.

ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ނެވެ.