ދެ އަހަރު ތެރޭގައި މާލޭގައި ހުރި ބާ މިސްކިތްތައް ބަދަލުގައި އާ މިސްކިތްތައް އަޅައި، އެ ތަންތަނުގެ މަސަތްކަތް ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރު ވިދާޅުވީ، މާލެ ސިޓީގައި ހުރި ބާ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެެއް ކަމަށެވެ. އަދި ދެ އަހަރު ތެރޭގައި އާ މިސްކިތްތަކުގެ މަސައްކަތް ނިންމަން ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން، ބޮޑުގެ މިސްކިތުގެ ބިންގާ މާދަމާ އަޅާނެ ކަމަށާއި، އެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި، މިދިޔަ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށި ބަރުބަރީ މިސްކިތް ނިންމައި އަންނަ ޑިސެމްބަރު މަހު ހުޅުވާނެ ކަމަށާއި ޒިކުރާ މިސްކިތުގެ މަސަތްކަތްވެސް ޖެނުއަރީ މަހުގައި ފަށާފައިވާ ކަމަށެވެ. ވިލިމާލޭގެ ސަލާމް މިސްކިތް ތަޅާލައި އެތަނުގައިވެސް ޒަމާނީ ބޮޑު މިސްކިތެއް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ރޯދަ މަހުގެ ކުރިން މިސްކިތްތަައް ހިމެނޭ ގޮތަށް، ސަރުކާރުން ހިންގާ 15 މަޝްރޫއުއެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.