ޅ. ނައިފަރުގައި 800 ހައުސިންގް ޔުނިޓްގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީއާ ހަވާލުކޮށްފި އެވެ.
މި މަސަތްކަތް އެޗްޑީސީއާ ހަވާލުކޮށްފަވަނީ ރައީސުލްޖުމްހޫރިއްޔާ ރޭ ނައިފަރުގެ ރައްޔިތުންނާ ބައްދަލްކުރަން ބޭއްވި ޖަލްސާގަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ހައުސިން މިނިސްޓަރު އަބްދުﷲ މުތަލިބް އާއި އެޗްޑީސީގެ މެނެޖިން ޑިރެކްޓާ އެވެ.
މީގެއިތުރުން ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފަ އެވެ. މި މަޝަރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މި މަޝްރޫއުގެ ދަށުން، 44.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 1813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 474 މީޓަރުގެ ސަރަހަ އްދެއްގައި ގްރޮއިން ޖެހުމާއ،ި 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ.
މިއީ، 679.03 މިލިއަން ރުފިޔާއަށް 630 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.