ނައިފަރަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވާނަން: ރައީސް

large_thumb_1761590885255

ނައިފަރަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވާނަން: ރައީސް

SHARE

ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެކަމަށާއި، ނައިފަރުގެ ތަރައްގީ ހަގީގަތަކަށް ހެއްދެވުމަކީ ލިބިވަޑައިގަންނަވާ އުފާވެރި ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނައިފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ނައިފަރު ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަައުދެއް ފުއްދުމަކީ އުފާވެރި ޒިންމާއެއް ކަމަށާއި މިއަދާ ހަމައަށް އާއިރު މަސައްކަތް ކުރަމުން އައީ އެ ހުރިހާ ކަމެއް ކޮށްދިނުމަަށްކަމަށެވެ. އަދި އެކި ދާއިރާތަކުން ސޮއިކުރި މަޝްރޫއުތަކަކީ ވައުދުވި ގޮތައް ފުރިހަމަ ކަމާއެކީގައި ރަނުން ރަނަށް ފުރިހަމަ ވެގެންދާނެ ކަންކަންކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މި ޖަލްސާގައި، ނައިފަރުގައި 300 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކީ ވަނީ ސޮއިކޮށްފަ އެވެ. އަދި ނައިފަރުގައި ސްލިޕްވޭއެއް އެޅުމަށް ސޮއިކޮށްފައިވާއިރު، ނައިފަރުގައި މިހާރު އޮތް ބަނދަރު އިތުރަށް ތަރައްގީ ކުރުމާއި އާ ބަނދަރެއް ހެދުމަށާއި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް އިމާރާތް ކުރުމަށާއި ކުނި މެނޭޖް ކުރުމަށް ވެމްކޯއާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.