ޅ. އޮޅުވެލިފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއާއެކު މިއަދު ބިން ހިއްކަން ފަށައިފި އެވެ.
ބަނދަރުގެ އަމަލީ މަސައްކަތް މިއަދު ފަށަފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ޒިޔާރާތްކުރެއްވުމުން ބޭއްވި ރަސްމިއްޔާތުގަ އެވެެ. އެގޮތުން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އޮޅުވެލިފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން އެ ރަށުގައި 15 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
މި މަޝްރޫޢުގެ ދަށުނ،ް 7534 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީން ފުންކޮށްފައިވާ ފަޅު އަލުން ފުންކޮށްް، 49,857 ކިއުބިކްމީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކޮށް، 14,160 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެ އެވެ. އަދި، 164 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާ، 172 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލާ، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރުތެރެއަށް ވެލިތޮށްޓެއް ލާނެ އެވެ. 156 މީޓަރުގެ ސަރަހައްދެއްގައި އެތެރެވަރިއަށް ވެލިތޮށްޓަކާއެކު 246 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލާ، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހަދާނެ އެވެ.
މިއާއެކުު، 27 މީޓަރު ދިގު 5 މީޓަރު ފުޅާ އާރްސީ ބްރިޖެއް ހަދާ، 132 މީޓަރު ދިގު 2 މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހަދާ، 1149 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓެއް ހަދާ ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުނ،ް ފެރީ ބަނދަރު ކުރަން އެކްސަސް ޕްލެޓްފޯމެއް ހަދާނެއެވެ.
މިއ،ީ 66.40 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.