ޖޭއެސްސީން ރިޒާ އިސްތިއުފާ ދެއްވައިފި

big_Bo62cXnAd56QmJ33baO6DpVvU-qpk5jcfnwvjx6392xwfa96wqdx9jlklz0r7eqrpysi

ޖޭއެސްސީން ރިޒާ އިސްތިއުފާ ދެއްވައިފި

SHARE

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާ އަދާމް މިއަދު އިސްތިއުފާދެއްވައިފި އެވެ.

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ހުންނަވާ ރިޒާ އެ ކޮމިޝަނަށް އައްޔަނުކުރީ 12 ޖޫން 2024 ގަ އެވެ. ރިޒާ އެ މަގާމުން އިސްތިއުފާ ދެއްވިއިރު، އެ ނިންމެވުން ނިންމެވި ސަބަބެއް ސާފެއް ނުވެ އެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ 9 މެމްބަރުންގެ މައްޗަށެވެ. އެ ކޮމިޝަނުގައި ތިއްބަވާނީ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރުގެ އިތުރުން ރައީސް ކަނޑައަޅުއްވާ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓުގެ ފަނޑިޔާރަކާއި ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލަކާއި އާންމުންގެ ތެރެއިން މެމްބަރެކެވެ.

ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވިއިރު އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވި އެވެ. އެއާއެކު ރައީސްގެ ފަރާތުން އެ ކޮމިޝަނުގައި ހުންނަވާ މެމްބަރަކަށް ޔަޒްމީދު މުހައްމަދު ވަނީ އައްޔަނުކޮށްފަ އެވެ.