ޝަންގްރީ-ލާ ވިލިނގިލި އަލުން ހުޅުވުމުގެ ތައްޔާރީތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި

original_1761303708135

ޝަންގްރީ-ލާ ވިލިނގިލި އަލުން ހުޅުވުމުގެ ތައްޔާރީތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި

SHARE

މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަރަމެންޓް ތާރިގު އިބްރާހިމް، ޝަންގްރީ-ލާގެ ގްރޫޕް ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް، ކްރިސް ފޮންގް އަދި ޝަންގްރީ-ލާ ވިލިނގިލީގެ އާ ޖެނެރަލް މެނޭޖަރު ހާވޭ ޑޫބޮސްކްއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި މިސްޓާ ފޮންގް އާއި މިސްޓާ ޑޫބޮސްކް ވަނީ ޝަންގްރީ-ލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމަށް ކުރެވޭ ތައްޔާރީތަކުގެ އެންމެ ފަހުގެ ކުރިއެރުންތަކާ ބެހޭ މައުލޫމާތު މިނިސްޓަރާ ހިއްސާކުރައްވާފަ އެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލުތައް ސަރުކާރާ ހިއްސާކޮށް، ކުރިއަށް އޮތްތަނުގައި ރިސޯޓަށް ބޭނުންވާ އެއްބާރުލުން ހޯދުމެވެ.

ޝަންގްރީ-ލާ ވިލިނގިލި ރިސޯޓަކީ ދިވެހިރާއްޖޭގެ ދެކުނުގެ އައްޑޫ ސިޓީގައި އޮންނަ ރިސޯޓެކެވެ. މި ރިސޯޓް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު އެވެ. މި ރިސޯޓް ހުޅުވުމަށް ކުރެވޭ ތައްޔާރީތަކަކީ ދެކުނުގެ އިޤްތިޞާދަށާއި ވަޒީފާގެ ފުރުސަތުތަކަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އައްޑޫގެ އިގްތިސާދާ ގުޅިފައިވާ 500 އެނދުގެ ރިސޯޓް ބަންދުކުރީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެވެ.

ޝަންގްރިލާ ބަންދުކުރިއިރު އެތަނުގައި 500 ވަރަަކަށް މީހުން ވަޒީފާ އަދާކުރަމުންދިޔަ އެވެ.