ލިޔެކިޔުން ނައްތާލުމުގެ ކުރިން ޕީޖީ އޮފީހަށް އަންގަން ފުލުހުން ކައިރީ ބުނެފި

4312510b-e446-402a-b859-0b05566e1afb

ލިޔެކިޔުން ނައްތާލުމުގެ ކުރިން ޕީޖީ އޮފީހަށް އަންގަން ފުލުހުން ކައިރީ ބުނެފި

SHARE

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ނުކުރަން ނިންމާ މައްސަލަތަކުގައި ލިޔެކިޔުން ނައްތާލުމުގެ ކުރިން ލަފާ ހޯދުމަށް ފުލުހުންނަށް އެ އޮފީހުން އަންގައިފި އެވެ.

ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް ދާދި ފަހުން ވަނީ އިސްލާހެއް ގެނެސްފަ އެވެ. އެ އިސްލާހުގައިވާގޮތުން ދައުވާ ނުކުރެވޭނެކަމަށް ޕީޖީ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން އެއް އަހަރުތެރޭގައި ނައްތާލެވިދާނެ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެފަދަ ލިޔެކިއުންތައް ރައްކާތެރިކުރުމާއި، ނައްތާލުމާ ގުޅޭ އިރުޝާދު ތަހުގީގީ އިދާރާތަކަށް ފޮނުވުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. ޕީޖީ އޮފީހުން ބުނީ މައްސަލައެއްގައި ދައުވާއެއް ނުކުރެވޭނެ ކަމަށް ނިންމިޔަސް، އެ މައްސަލައިގެ ލިޔެކިއުންތަކުގެ އަސްލު އެހެން މައްސަލަތަކުގެ ދައުވާތަކުގައި ބޭނުންކުރަންޖެހޭނެ ކަމަށެވެ.

ކަން ފާހަގަކޮށް ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެހެންވެ، ޕީޖީން ފުލުހުންނަށް ވަކި ގޮތެއް އަންގަންދެން އެއްވެސް ޖިނާއީ މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް އަންގާފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.