ވީއައިއޭގެ އައު ޓާމިނަލުން ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފަށައިފި

G39jtJcWgAAk2MG

ވީއައިއޭގެ އައު ޓާމިނަލުން ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފަށައިފި

SHARE

ވީއައިއޭގެ އައު ޓާމިނަލުން، ޗައިނާގެ ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފަށައިފި އެވެ.

އައު ޓާމިނަލް އިން ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރު އިބްރާހިމް މަހުދީ އެވެ. މި ހަފްލާގައި ޗޮންޗިން އެއަރލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 142 ފަސިންޖަރުންނަށް ވަނީ ހަނދާނީ ހަދިޔާ ދީފަ އެވެ.

ޗައިނާ ސަދާން އެއާލައިންސްގެ ދަށުން ހިންގާ ޗޮންޗިން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޖޫން 24، 2024 ގަ އެވެ.

ޗޮންޗިން އެއާލައިނަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 12 ވަނަ އެއާލައިނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެ އެވެ.