ވީއައިއޭގެ އައު ޓާމިނަލުން ބްރިޓިޝް އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފި

big_4QxQ1BTQjmOQEeeaj87x5iRvC

ވީއައިއޭގެ އައު ޓާމިނަލުން ބްރިޓިޝް އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފި

SHARE

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލުން ބްރިޓިޝް އެއާވޭސް އަށް ‏‏ހިދުމަތް ދޭން ފަށައިފި އެވެ‏‎.‎

މި ޚިދުމަތް ފެށުމާއެކު، ބްރިޓިޝް އެއާވޭސް ވެފައިވަނީ އައު ޓާމިނަލުން ހިދުމަތް ދޭން ފެށި ފުރަތަމަ ޔޫރަޕުގެ އެއާލައިނަށެވެ. މިއީ ވީއައިއޭގެ ހިންގުން އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ބްރިޓިޝް އެއާވޭސްއަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބް އެވެ. ހަފްލާގައި ބްރިޓިޝް އެއަރވޭސްގެ އެއާޕޯޓް މެނޭޖަރު މުހައްމަދު ނިހާންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ބްރިޓިޝް އެއާވޭސް އާއެކު އައު ޓާމިނަލުން މިހާރު ދަނީ 13 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އަދި ބްރިޓިޝް ‏‏އެއާވޭސް އަކީ އެ ޓާމިނަލުން ހިދުމަތް ދޭން ފެށި ޔޫރަޕުގެ ފުރަތަމަ އެއާލައިނެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ‏‏ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެ އެވެ.