އައްޑޫ ސިޓީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓުލާން ފަށައިފި

large_thumb_1761365226170

އައްޑޫ ސިޓީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓުލާން ފަށައިފި

SHARE

އައްޑޫ ސިޓީގެ މީދޫ، ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ފަށައިފި އެވެ.

މި ވޯޓަކީ، އެ ރަށްރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ. މި ވޯޓު އޮންނަނީ ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަގެ އިތުުރުން މާލޭ ސިޓީ ގައެވެ.

ވޯޓުލުން ހެނދުނު 8:00 ޖެހިިއިރު ފެށުމަށް ހަމަޖެއްސި ނަމަވެސް، މީހުން ނުކުތް އަދަދު މަދުވުމުގެ ސަބަބުން ބައެއް ވޯޓު މަރުކަޒުތަކުގައި ވޯޓުލުން ފެށިފައި ވަނީ ލަހުންނެވެ. އޭގެ ތެރޭގައި މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ވެސް ހިމެނެ އެވެ. އިލެކްޝަންސް ކޮމިޝަަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި ވޯޓުގައި ބައިވެރިވުމުގެ ހައްގު ފޭދޫއިން 4،355 މީހުންނަށް އަދި ހުޅުދޫން 2،874 މީހަކަަށް އަދި މީދޫން 2،347 މީހަކަށް ލިބެއެވެ. ވޯޓުގައި ޖުމްލަ 9576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

ރަށު ކައުންސިލު އުފެއްދުމާމެދު މި ތިން ރަށުގެ ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ ވޯޓު ކުރިއަށްދާނީ މިއަދު ހަވީރު 04:00 އާ ހަމައަށެވެ. އަދި ވޯޓު ލައި ނިމޭތާ ބައިގަޑިއިރު ތެރޭގައި ވޯޓު ގުނަން ފެށުމަށްވެސް އިލެކްޝަންސް ކޮމިޝަަނުންވަނީ ނިންމާފަ އެވެ. މި ވޯޓުގެ ދާއިމީ ނަތީޖާ އިއުލާންކުރަން ހަމަޖެހިފައިވަނީ މާދަމާ އެވެ.