ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

Screenshot-2023-02-07-105045

ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

SHARE

ކ. ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް، ފަތުހުﷲ ޖަމީލް މޫސާ ސަސްޕެންޑުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައުލޫމާތު ދިން ގޮތުގައި، އެގޮތަށް ނިންމީ އޭނާއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައެއް ބެލުމަށް ފަހުގަ އެވެ. ޖޭއެސްސީ އިން ބުނި ގޮތުގައި ފަތުހުﷲ ވަނީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު އަމަލެއްކޮށްފަ އެވެ.

އެހެންވެ، ފަތުހުﷲގެ މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް 2025 އޮކްޓޫބަރު 22 ވަނަ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނިކުތުން މަނާ ކުރުމަށް އެންގުމަށް، 2025 އޮކްޓޫބަރު 22 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 37 ވަނަ ޖަލްސާގައި ވަނީ ނިންމާފަ އެވެ.

މީގެ ކުރިންވެސް ފަތުހުﷲ ޖަމީލްގެ މައްސަލައެއް 2023 ވަނަ އަހަރު ޖޭއެސްސީން ބެލި އެވެ. އެއީ ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް އޭރު ހުށަހެޅި ސުލޫކީ މައްސަލައެކެވެ. ނަމަވެސް، ޖޭއެސްސީން ވަނީ އެ އަހަރުގެ ތެރޭގައި އެ މައްސަލަ ނުބަލަން ނިންމައިފަ އެވެ.