ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3 މިލިއަން ސިނގިރޭޓު ނައްތާލައިފި

G3n-01XX0AAOYex

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3 މިލިއަން ސިނގިރޭޓު ނައްތާލައިފި

SHARE

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައިހުރި 3,183,040 ސިނގިރޭޓް ސްޓިކްސް ނުވަތަ 199 ކޭސް ސިނގިރޭޓް ނައްތާލާފައިވަނީ ކ.ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި އެވެ.

ކަސްޓަމްސްއިން ހާމަކުރެއްވި ގޮތުގައި މި ތަކެއްޗަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްގެ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތަކުގެ ތެރެއިން ހޯދިފައިވާ ތަކެއްޗެވެ.

ރާއްޖެއަށް ގަވާއިދާ ހިލާފަށް ސިނގިރޭޓް އެތެރެކުރުމުގެ މައްސަލަތައް މިހާރު ވަނީ އިތުރުވެފަ އެވެ. މިކަމާ ގުޅިގެން ކަސްޓަމްސްއިން ވަނީ ބަނދަރުތަކުގައި ސެކިއުރިޓީ ހަރުދަނާކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތްތައް އިތުރުކޮށްފައި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.