މީޑިއާ ކޮމިޝަން: މަޖިލީހުގެ އިންޓަވިއު މަރުހަލާ ނިމިއްޖެ

G3nYIKWXkAEjDnV

މީޑިއާ ކޮމިޝަން: މަޖިލީހުގެ އިންޓަވިއު މަރުހަލާ ނިމިއްޖެ

SHARE

މޯލްޑިވްސް ބްރޯޑްކާސްޓިން އެންޑް މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރާ ތިން މެމްބަރުން ކަނޑައެޅުމަށްޓަކައި އެ މަގާމަށް ކުރިމަތިލި މީހުންނާ އިންޓަވިއުކުރުމުގެ މަރުހަލާ މިއަދު ނިންމާލައިފި އެވެ.

7 މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް މީޑިއާތަކުގެ ފަރާތުން އިންތިހާބުކުރާ 4 މެމްބަރުން އެ މަގާމުތަކަށް އައްޔަނުކޮށްފައިވާއިރު ބާކީ ތިން މެމްބަރުން އައްޔަނުކުރާނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން ނެވެ. އެގޮތުން ކޮމިޝަން ގެ މެމްބަރުކަމުގެ މަގާމަށް ހުޅުވާލުމުން 10 މީހަކު ކުރިމަތިލި އެވެ.

އެ ފަރާތްތަކާއި އިންޓަވިއުކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުުމުގައި އެ މަގާމަށް ކުރިމަތިލި ދެ މީހަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިއުލާނުކުރި އެވެ. އެއީ ޝަފީގާ ނައީމާއި ފާރިސް ތޯހާ އެވެ.

އެހެންވެ، އެ ކޮމިޓީން މިއަދު އިންޓަވިއުކުރީ 8 މީހުންނާ އެވެ. އެއީ:

  • ފާތިމަތު ފަހުމީ، ސީނަރީ/ ގދ. މަޑަވެލި
  • މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
  • ސަފާ ޝަފީގު، ބިއްލޫރިވިލާ ދ. މީދޫ
  • ސަހާރަތު އިއްޒަތު، ގ. ގޮފި
  • އިބްރާހީމް މުހައްމަދު، ގ. ވިންޑް
  • މޫސާ ރިލްވާން. މ. ހާވިލާ
  • ސެހެނާޒް އަދުނާން، ދަފްތަރު ނަންބަރު ރސ 8580
  • މުހައްމަދު ސާމިން، ފިނިވާގެ/ އއ. ތޮއްޑޫ

މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ހޮވުނީ ވޯޓަކާ ނުލަ އެވެ.އެއީ ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ޒަމްއަތު ވަހީދާއި ވަގުތު ނޫހުގެ ނޫސްވެރިޔާ އަދި ރާއްޖެ ޓީވީ ކުރީގެ ސްޓޭޝަން އިންޗާޖު ސިމާހާ ނަސީމްގެ އިތުރުން އުވާލެވުނު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފާއި އަބްދުލްއަޒީޒް އިބްރާހިމް އެވެ.