މި މަހުގެ 25 ވަނަ ދުވަހު އައްޑޫގައި ނަގާ އާއްމު ވޯޓުގައި ވޯޓު ލުމުގެ ހައްގު ލިބޭ 9500 އަށް ވުރެ ގިނަ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އައްޑޫގެ ފޭދޫ، ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށްޓަކައި ނަގާ ވޯޓުގައި ރެޖިސްޓްރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރެޖިސްޓްރީ އީސީން ވަނީ އާއްމުކޮށްފަ އެވެ.
އެ ވޯޓުގައި ރެޖިސްޓްރީވެފައިވާ އަދަދު:
- ފޭދޫ: 4355 މީހުން
- ހުޅުދޫ: 2874 މީހުން
- މީދޫ: 2347 މީހުން
ރަޖިސްޓަރީއަށް ޝަކުވާ ހުށަހެލުމުގެ ފުރުސަތު ވެސް މި މަހުގެ 19 ވަނަ ދުވަހުގެ އިރުއޮއްސި 06:00 ގެ ނިޔަލަށް އީސީން ވަނީ ހުޅުވާލާފަ އެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. އަދި އެ ކޮމިޝަނުގެ އީމެއިލް އެޑްރެހަށް ހުށަހެޅޭނެ ކަމަށް ބުނެފައިވެ އެވެ. ޝަކުވާ ފޯމު އީސީގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ.