މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން 10 ރަށެއްގައި 11 މަޝްރޫއެއް ހިންގުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފަޔާޒާއި، ހުސައިން ނިހާދް އަދި އަސްލަމް ރަހާ އެވެ.
މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ކުރިއަށް ގެންދާނެ މަޝްރޫއުތަކަކީ:
- ލ.ފޮނަދޫގައި ފުޓްސަލް ގްރައުންޑެއް އެޅުމުގެ މަސައްކަތް
- ލ.ހިތަދޫގައި އައުޓްޑޯ ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް
- ލ.މާވަށުގައި އައުޓްޑޯ ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް
- ލ.މާވަހުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުން
- ހއ. ވަށަފަރުގައި އައުޓްޑޯ ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް
- ކ.މާފުށި، ކ.ދިއްފުށި، ކ.ގުޅި، ކ.ތުލުސްދޫ، ކ.ހިއްމާފުށި، އަދި ކ.ހުރާގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ތަރައްޤީކުރުން
މި މަޝްރޫއުތަކުގެ މަގުސަދަކީ ކޮމިއުނިޓީ ސްޕޯޓްސް ފެސިލިޓީތައް އިތުރުކޮށް، މުޅި ޖަޒީރާތަކުގައި ހީވާގި، ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމެވެ.