ދުޅަހެޔޮ މުޖްތަމައަކަށްވުމަށް ކެއިންބުއިމުގެ އާދަތައް ހިފަހައްޓަން ޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއޒު

ދުޅަހެޔޮ މުޖްތަމައަކަށްވުމަށް ކެއިންބުއިމުގެ އާދަތައް ހިފަހައްޓަން ޖެހޭ: ރައީސް

SHARE

ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމައަކަށް ވުމަށް ކެއިންބުއިމުގައި ސިއްހީ އާދަތައް ހިފެހެއްޓަން އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކޮށްފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައި އެމަނިކުފާނު މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުންފަތާއި ވޭޕުގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުވުން ކަމަށެވެ. އަދި ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި ދާއިމީ ގޮތެއްގައޮ ބާޒާރުން ލިބޭނެ މަގު ފަހިކުރުމަށް އަމަލީ ފިޔަވަޅު އަޅަމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމައެއް ހޯދުމުގައި، އަދި ދަރީންނަކީ ސިއްހަތު ރަނގަޅަށް ބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ސިއްހީ އާދަތައް ހިފެހެއްޓުމަށް ކަމަށެވެ. އެގޮތުން، ގައުމީ ފެންވަރުގައި މިކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވިދަޅުވި އެވެ.