ށ. ނަރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައ،ި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިއެކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން، 30,540 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއ،ި 565 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ކުރާނެ އެވެ. މި މަޝްރޫއަކީ 20.05 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
686 މީހުންގެ އާބާދީއެއް އޮންނަ ނަރުދޫއަކީ ދަނޑުވެރި ރަށެކެވެ. އެކަމަކު، އެ ރަށް ވަރަށް ބޮޑަށް ގިރައިގެން ދިއުމުގެ ސަބަބުން ދަނޑުބިންތަކާއި ރައްޔިތުންގެ ގޯތިގެދޮރަށް ބޮޑެތި ގެއްލުންތައް ވަނީ ވެފަ އެވެ.
މިއަދު ސޮއިކުރި މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ހިމާޔަތް ކޮށްފައިވާ ގޮނޑޮދޮށެއް ލިބ،ި ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ އެވެ.